Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ޑިމޮކްރެޓްސްގެ ހަރުގެ ހިންގި ތަން ޕީއެންސީ އަށް

ކުރިން އެމްޑީޕީގެ ހަރުގެ ހިންގި އަދި ފަހުން ދަ ޑިމޮކްރެޓްސްގެ ހަރުގެ ހިންގި އިމާރާތް ވެރިކަން ކުރާ ޕީއެންސީން ކުއްޔަށް ހިފައިފި އެވެ.

އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުރި އެ އިމާރާތް ފަސް އަހަރަށް ކުއްޔަށް ނެގުމަށް ފަހު، ޕީއެންސީގެ ހަރަކާތްތަކަށް އެތަނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން އުފެއްދެވި ޑިމޮކްރެޓްސްގެ "ހައުސް އޮފް ޑިމޮކްރެޓްސް" ހިންގި އިމާރާތް ހުސްކުރަން އެތަނުގެ ވެރިފަރާތުން އެ ޕާޓީ އަށް އެންގީ މިދިޔަ މަހުގެ ތެރޭގަ އެވެ. އެތަނުގެ ވެރި ފަރާތަކީ ކުރިން އެމްޑީޕީގެ އެކްޓިވިސްޓެއްގެ ގޮތުގައ އުޅުނު ޝަފިއްޔާ ޒުބައިރެވެ.

އެމްޑީޕީ ތެރޭގައި ދެ ފެކްޝަން އުފެދި ކޯޅުން ބޮޑުވެ، އެމްޑީޕީގެ ހަރުގެ ހުސްކުރަން އެންގީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.