Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ބައިނަލްއަގުވާމީ އިންސާނީ ގާނޫނު ވޯކްޝޮޕެއް ބާއްވަނީ

އިސްލާމީ ޝަރީޢަތާއި ބައިނަލްއަގުވާމީ އިންސާނީ ގާނޫނާ ގުޅޭ ވޯކްޝޮޕެއް ޖުލައި މަހު ރާއްޖޭގައި ބާއްވަން ނިންމައިފި އެވެ.

މި ވޯކްކްޝޮޕް އިންތިޒާމު ކުރަނީ އިސްލާމިކް މިނިސްޓްރީ އާއި ބައިނަގްއަގުވާމީ އިންސާނީ ގާނޫނާ ބެހޭ އިސްލާމިކް ފޯރަމް ގުޅިގެންނެވެ. ވޯކްޝޮޕް ބާއްވަން ހަމަޖެހިފައި ވަނީ ޖުލައި 7 އާއި 8 ގަ އެވެ.

މިނިސްޓްރީން ބުނީ އަރަބި ބަހުން ކުރިއަށް ގެންދަން ނިންމާފައިވާ ވޯކްޝޮޕްގެ ސެޝަންތައް ނަގައި ދެއްވާނީ ރާއްޖެ އިން ބޭރުގެ ތަޖުރިބާކާރު ބޭފުޅުންތަކެއް ކަމަށެވެ.