އައްޑޫ ސިޓީ ހިތަދޫ އިން 5 ފޫޓުގެ ހަރުފައެއް ފެނިއްޖެއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާގޮތުގައި މި ހަރުފަ ފެނިފައި ވަނީ ސ.ހިތަދޫ ސިވާރ ނަމަކަށް ކިޔާ ގެއެއްގެ ތެރެއިންނެވެ.


ހަރުފަ ފެނުނު ސަރަހައްދުގައި ހުރި މީހަކު ބުނިގޮތުގައި އެ ހަރުފަ ފެނިގެން ފުލުހުންނަށް ރިޕޯޓް ކުރުމުން ފުލުހުން އޭތި ގެންގޮސްފައިވާ ކަމަށެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ވެސް ވަނީ މިރޭ ހިތަދޫގެ ގެއަކުން ފެނުނު ހަރުފައެއް ހިތަދޫ ޕޮލިސް ސްޓޭޝަނަށް ގެނެވިފައިވާ ކަން ކަށަވަރުކޮށްދީފައެވެ.
'އައްޑޫލައިވް' އަށް އިތުބާރު ހުރި ގޮތެއްގައި މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޮލިސް ސްޓޭޝަނަށް ގެންދިޔަ ހަރުފަ މިހާރު ވަނީ މަރާލާފައެވެ. ނަމަވެސް މިކަން މީޑިޔާ އޮފިޝަލް ކަށަވަރުކޮށްދީފައެއް ނުވެއެވެ.