Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ރިސޯޓް ވަޒީފާތަކަށް ދިވެހިންގެ ނަމުގައި ސެމިނާއެއް

"ދިވެހި ރާއްޖޭގެ ރިސޯޓް ވަޒީފާތަކަށް ދިވެހިން" ގެ ނަމުގައި ސެމިނާއެއް ބާއްވަން ނިންމައިފި އެވެ.

ގައުމީ ޔުނިވަސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސް އިން އިންތިޒާމުކޮށްގެން ބާއްވާ މި ސެނިމާ އޮންނާނީ ބުރާސްފަތި ދުވަހު މެންދުރު ފަހު 1:00 ގައި ޔުނިވަސިޓީގެ ބީ ބްލޮކް އޮޑިޓޯރިއަމްގަ އެވެ.

އާންމުކޮށް ހުޅުވާލައިގެން ބާއްވާ ސެމިނާގެ ޕެނަލިސްޓުންގެ ގޮތުގައި ފެކަލްޓީ އޮފް ހޮސްޕިޓާލިޓީގެ ލެކްޗަރާ އިސްމާއީލް ޝިޔާރު އާއި ހޮލިޑޭ އިން ކަނޑޫމާގެ ރިސޯޓް މެނޭޖަރު ހުސައިން ޝާހިދުގެ އިތުރުން ކައިމޫ ޓްރެވެލް އެންޑް ހޮޓެލް ސާވިސަސްގެ ޖެނެރަލް މެނޭޖަރު މާރިއާ ޝަރީފު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ގައުމީ ޔުނިވަސިޓީން ބުނީ މި ސެމިނާ އަކީ އެތަނުން ސިލްސިލާކޮށް ބާއްވަމުން އަންނަ "އިލްމީ ފޯވަހި 2024" ގެ ހަތަރު ވަނަ ސެމިނާ ކަމަށެވެ.