Last Updated: July 18, 17:34
Sunday, July 19, 2026
ޚަބަރު

ސުނީގެ ފިހާރަ ފަޅާލައިގެން ވައްކަންކޮށްފި

ދިވެހި އުފެއްދުންތައް ވިއްކަން ހާއްސަކޮށްގެން ރާއްޖޭގެ މަޝްހޫރު ނެށުންތެރިޔާ ސުނީތާ އަލީ "ސުނީ ސްޕެޝަލް" ގެ ނަމުގައި މާލޭގައި ހިންގަމުން އަންނަ ފިހާރަ ފަޅާލައިގެން ވައްކަންކޮށްފި އެވެ.

އެކަމާ ގުޅޭ ގޮތުން ސުނީ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ބަޔަކު އޭނަގެ ފިހާރަ ފަޅާލީ އުފަން ދުވަސް ފާހަގަކުރި ރޭ ކަމަށެވެ. އެހެންވެ އޭނަ ބުނީ "މިއީ ރަނގަޅު ބާތުޑޭ ގިފްޓެއް" ކަމަށެވެ.

ފިހާރަ ފަޅާލި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވެ އެވެ. އަދި އެ މައްސަލަ މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

"ސުނީ ސްޕެޝަލް" ފަޅާލައިގެން ފައިސާ އާއި ކާށިތެޔޮފުޅިތަކެއް ވަގަށް ނަގާފައިވެ އެވެ.

"ސުނީ ސްޕެޝަލް" އިން ވިއްކާ ތަކެތީގެ ތެރޭގައި ލޮނުމިރުހާއި ކުޅި ރިހާކުރާއި އަސާރަ ފަދަ ދިވެހި އުފެއްދުންތައް ހިމެނެ އެވެ.