Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ފުވައްމުލަކުގެ 3 ޕްރޮޖެކްޓަކަށް ހުޅުވާލައިފި

default

ފުވައްމުލަކުގައި ކުރިއަށް ގެންދަން ނިންމާފައިވާ ތިން ޕްރޮޖެކްޓަކަށް ޝައުގުވެރިކަން ފާޅުކުރަން ކައުންސިލުން ހުޅުވާލައިފި އެވެ.

އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހަޅަން ކައުންސިލުން ހުޅުވައިލި ތިން ޕްރޮޖެކްޓަކި އިކޯ ޓޫރިޒަމް ޕްރޮޖެކްޓަކާއި ކޮމާޝަލް/ރެޒިޑެންޝަލް މިކްސްޓް ޕްރޮޕަޓީ ޕްރޮޖެކްޓެއްގެ އިތުރުން އެމިއުޒްމަންޓް/އެޑްވެންޗަ ޕާކް ޕްރޮޖެކްޓެކެވެ.

މި ތިން ޕްރޮޖެކްޓަށް ވެސް އީއައިއޯ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ ޖުލައި މަހުގެ 2 އާ ހަމައަށެވެ. އަދި ތިން ޕްރޮޖެކްޓާ ބެހޭ މައުލޫމާތު ސާފު ކުރަން ބޭނުންވާ ނަމަ އަންނަ މަހުގެ 25 ގެ ކުރިން ކައުންސިލްގެ މި މެއިލް [email protected] މެދުވެރިކޮށް މައުލޫމާތުތައް ސާފު ކުރެވޭނެ އެވެ.