Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

އާރްޓީއެލް ފެރީ އިތުރު 3 އަތޮޅަކަށް ފަށަނީ

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ފެރީގެ ހިދުމަތް މި އަހަރުގެ ތެރޭގައި އިތުރު ތިން އަތޮޅަކަށް ފަށަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ އާރްޓީއެލްގެ ހިދުމަތް ނުފެށި އޮތް ޒޯން ތިނެއްގައި ހިމެނޭ ނ. ބ އަދި ރ .އަތޮޅުގައި މިއަހަރު ނިމުމުގެ ކުރިން ހިދުމަތް ފަށާނެ ކަމަށެވެ. އެގޮތުން އަންނަ މަހުގެ ތެރޭގައި ނ. އަތޮޅުގައި ހިދުމަތް ފަށާނެ މިނިސްޓަރު ވިދާޅުވި އެވެ.

އަމީން ރ. އަތޮޅުގައި ހިދުމަތް ފަށާނީ އަންނަ އޮގަސްޓްގައި ކަމަށާއި ބ. އަތޮޅުގައި ފަށާނީ ސެޕްޓެމްބަރުގައި ކަމަށެވެ.

އާރްޓީއެލްގެ ހިދުމަތަކީ އެމްޓީސީސީއާ ހަވާލުކޮށްގެން ދެމުން އަންނަ ހިދުމަތެކެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ޖޫން 12، 2022 ގައި ރަސްމީކޮށް ފެށި ފެށި މި ހިދުމަތުގެ ބޭނުމަކީ މުޅި ރާއްޖެ އަވަސް އަދި ފަސޭހަ ފެރީ ނިޒާމަކުން ގުޅައިލުމެވެ.

އާރްޓީއެލްގެ ހިދުމަތް ދޭން ރާވާފައި އޮތީ ހަ ޒޯނަކަށް ބަހާލައިގެންނެވެ. އެގޮތުން މިހާރު 4 ޒޯނެއްގައި ހިދުމަތް ފަށާފައިވެ އެވެ.

އާރްޓީއެލް ހިދުމަތް މިހާރު ދެމުން ދޭ ޒޯންތައް:

* ޒޯން 1: ހއ. ހދ. އަދި ށ. އަތޮޅު
* ޒޯން 2: ޅ. އަތޮޅު
* ޒޯން 5: ގއ. އާއި ގދ. އަތޮޅު
* ޒޯން 6: ފުވައްމުލައް އަދި އައްޑޫ

އާރްޓީއެލް ހިދުމަތް ނުފަށާ ޒޯންތައް:

* ޒޯން 3: ކ، އއ، އދ އަދި ވ އަތޮޅު
* ޒޯން 4: މ، ފ، ދ، ތ އަދި ލ އަތޮޅު

އާރްޓީއެލްގެ ދަށުން އަންނަނީ ބޮޑެތި ބައެއް ސަރަހައްދުތަކުގައި ބަހުގެ ހިދުމަތް ވެސް ދެމުންނެވެ.