Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ހައްޖާޖީންގެ ފުރުން ތިން ދުވަސް މަތިން

ރާއްޖެ އިން މި އަހަރު ހައްޖަށްދާ މީހުން ފުރައި ނިމޭނީ ތިން ދުވަސްތެރޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ ހައްޖު މިޝަނުން ބުނީ ހައްޖާޖީންގެ ފުރަތަމް ގްރޫޕް މާދަމާ ސައުދީ އަރަބިއްޔާ އަށް ފުރާނެ ކަމަށެވެ. އެ ގްރޫޕްގައި ޖުމްލަ 298 ހައްޖާޖީން ފުރާނެ އެވެ. ދެވަނަ ގްރޫޕް 353 ހައްޖާޖީންނާ އެކީ ފުުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 3 ގަ އެވެ. އަދި ތިން ވަނަ ގްރޫޕް 339 ހައްޖާޖީންނާ އެކީ ފުރާނީ އަންނަ މަހުގެ 7 ގަ އެވެ.

މި އަހަރު ރާއްޖެ އަށް ލިބުނީ 1،000 ހައްޖު ކޯޓާ އެވެ. މި އަހަރު ދިވެހި ހުރިހާ ހައްޖާޖީން ވެސް ހައްޖަށް ދަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގަ އެވެ.

ސަރުކާރުގެ ހަރަދުގައި ހިލޭ މި އަހަރު 100 ފަގީރުންނަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދޭން އޮތީ ނިންމައިފަ އެވެ.