Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ބީއެމްއެލްގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލު ކުރާ ތިން ޑިރެކްޓަރުންގެ ދެ ޑިރެކްޓަރެއްގެ މަގާމު އަންނަ މަހު ހުސްވާތީ އާންމު ހިއްސާދާރުންގެ ތެރެއިން އެ ދެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

ގައުމީ ބޭންކުން ބުނީ އެ ކުންފުނި ހިންގާ ގަވާއިދުގައި ވާގޮތުގެ މަތިން ޑިރެކްޓަރުންގެ ތެރެއިން ހުސްވާ ދެ ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލުމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 9 ގެ މެންދުރު ފަހު 2:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ބީއެމްއެލްގެ ކަސްޓަމަރުންގެ އަދަދު 340،000 އަށް ވުރެ ގިނަ އެވެ.