Last Updated: July 18, 17:34
Sunday, July 19, 2026
މުނިފޫހިފިލުވުން

"ފުރޭތަ" މީޑިއާނެޓަށް އަރައިފި

ޑާކް ރެއިން އެންޓަޓައިންމަންޓްގެ އެންމެ ފަހުގެ ފިލްމު "ފުރޭތަ" މިއަދު މީޑިއާނެޓުން ޕްރީމިއާކޮށްފި އެވެ.

އެ ކުންފުނީގެ ވީޑިއޯކުލަބުން މިހާރު މި ފިލްމު ބަލައިލެވޭނެ އެވެ.

ރިވެންޖް އެކްޝަން ތުރިލާއެއްގެ ގޮތުގައި ގެނެސްދިން "ފުރޭތަ" އަކީ މި އަހަރުގެ މާޗް 7 ގައި އޮލިމްޕަހުގައި ދެއްކި ފިލްމެކެވެ. މިއީ ޑާކް ރެއިނުން މި އަހަރު ބެލުންތެރިންނަށް ގެނެސްދިން ފުރަތަމަ ފީޗާ ފިލްމެވެ. "ފުރޭތަ" މީޑިއާނެޓަށް ދޫކޮށްލާކަން އިއުލާންކުރީ މި މަހުގެ މެދުތެރޭގަ އެވެ.

ބެލުންތެރިންގެ ފަރާތުން ސިނަމާގައި ބޮޑު ތަރުހީބެއް ލިބުނު މި ފިލްމަކީ އަހުމަދު ތޮލާލްގެ ސްކްޕްރީންޕްލޭއަކަށް، އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރި އެއްޗެކެވެ.

"ފުރޭތަ" ގެ ކާސްޓްގައި ޝަރަފު އަބްދުﷲ، ރަވީ ފާރޫގް، މުހައްމަދު މަނިކު، އައިޝަތު އަސީލާ، ހަމްދާން ފާރޫގް، މުހައްމަދު ރިފްޝާންގެ އިތުރުން އަލީ ނަދީހު ފަދަ ތަރިން ހިމެނެ އެވެ.