Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ކުޅުދުއްފުށީ ހޮސްޕިޓަލްގެ މައްސަލައެއް ބަލަނީ

ތުއްތުކުއްޖަކަށް ފަރުވާ ދިނުމުގައި ކުޅުދުއްފުށީ ހޮސްޕިޓަލުން އިހުމާލުވި މައްސަލައެއް ހެލްތު މިނިސްޓްރީން ބަލަން ފަށައިފި އެވެ.

އެ ހޮސްޕިޓަލިގެ މި އިހުމާލުގެ ވާހަކަ ކުއްޖާގެ އާއިލާގެ ފަރާތުން ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައިވެ އެވެ. އޭގައި ބުނެފައި ވަނީ މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ހުން އަންނަމުން ދާތީ އުމުރުން 8 މަހުގެ ތުއްތު ކުއްޖަކު ކުޅުދުއްފަށީ ހޮސްޕިޓަލުގެ ޑޮކްޓަރަށް ފަސް ފަހަރެއްގެ މަތިން ވަނީ ދައްކާފައިވާވާ ކަމަށެވެ.

ނަމަވެސް ކޮންމެ ފަހަރަކު ވެސް އެއީ އާދައިގެ ކަމެއް ކަމަށް ނިންމައި ކުއްޖާ ގެޔަށް ފޮނުވާލަނީ ކަމަށާއި ހޮސްޕިޓަލުގައި އާދޭސްކޮށްގެން ޓެސްޓް ހެދުމުން ކުއްޖާ އަށް ޑެންގޫ ޖެހިފައިވާކަން އެނގުނު ކަމަށެވެ.

މިހާރު ކުއްޖާ މާލެ ގެންގޮސް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗް އައިސީޔޫގަ އެވެ.

މިމައްސަލައާ ގުޅިގެން ހެލްތު މިނިސްޓްރީން ބުނީ މިހާރު މައްސަލަ ބަލަމުން އަންނަ ކަމަށާއި އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ވެސް އަޅާނެ ކަމަށެވެ.