Last Updated: July 19, 13:41
Sunday, July 19, 2026
ޚަބަރު

އިސްލާމިކް ކްރެޑިޓް ކާޑަށް އެޕްލައިކޮށްގެން 25،000ރ.

ބޭންކް އޮފް މޯލްޑިވްސް އިން ބީއެމްއެލް އިސްލާމިކް ކަސްޓަމަރުންނަށް އައު ޕްރޮމޯޝަނެއް ފަށައިފި އެވެ.

ބީއެމްއެލް އިން ބުނީ މި ޕްރޮމޯޝަން ކުރިޔަށްދާ މުއްދަތުގައި ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑަށް އެދި ހުށަހަޅައި އެޕްރޫވްވާ ކަސްޓަމަރުންގެ މެދުގައި ގުރުއަތުން ހޮވޭ ފަރާތަކަށް 25،000ރ. މި ޕްރޮމޯޝަން ނިމުމުން ލިބޭނެ ކަމަށެވެ. މި ޕްރޮމޯޝަން ކުރިޔަށްދާނީ 28 ޖޫން 2024 ގެ ނިޔަލަށެވެ.

ބީއެމްއެލް އިންޓަނެޓް ބޭންކިން އާއި މޮބައިލް އެޕް މެދުވެރިކޮށް ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑަށް އެދި ހުށަހެޅޭނެ އެވެ.

ބީއެމްއެލް އިސްލާމިކް އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑުން ބުކިންގ.ކޮމް އަދި ޑައިނިން އެކްސްޕީރިއަންސް ފަދަ އޮފާތައް ހިމަނައިގެން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ގިނަ ފައިދާތަކެއް ކަސްޓަމަރުންނަށް ލިބޭނެ އެވެ. އަދި މި ކްރެޑިޓް ކާޑުން ބީއެމްއެލް އީޒީ ޕޭ މެދުވެރިކޮށް ނަގާ މުދަލަށް އިންސްޓޯލްމަންޓަށް ފައިސާ ދެއްކޭނެ އެވެ.

ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ބީއެމްއެލް ރިވޯޑްސް ޕްރޮގްރާމަށް ރަޖިސްޓްރީކޮށް، ކްރެޑިޓް ކާޑުން ކުރާ މުއާމަލާތްތަކަށް ޕޮއިންޓްވެސް ހޯދޭނެ އެވެ. ފްލައިޓް ޓިކެޓު، ކާރު ކުއްޔަށް ނެގުން، ހޮޓެލް ބުކިންތަކަށް ނުވަތަ ރާއްޖޭ އާއި ރާއްޖޭއިން ބޭރުގެ މަރޗަންޓުންގެ ވައުޗަރު ހޯދުމަށްވެސް ރިވޯޑް ޕްއިންޓްސް ބޭނުންކުރެވޭނެ އެވެ.

ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑަކީ، ކަސްޓަމަރަކަށް ހިދުމަތް ފޯރިކޮށްދިނުމުން އެއްބަސްވެފައިވާ ފީއެއް ނެގޭގޮތަށް ފަރުމާކޮށްފައިވާ އިސްލާމިކް ބޭންކިންގައި ފާހަގަކޮށްލެވޭ އުޖްރާ އުސޫލުން ތައާރަފްކޮށްފައިވާ ކާޑެކެވެ.