Last Updated: July 18, 17:34
Saturday, July 18, 2026
މުނިފޫހިފިލުވުން

"އަ ފެމިލީ އެފެއާ" ނެޓްފްލިކްސް އަށް

ހޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ނިކޯލް ކިޑްމަން އާއި ޒެކް އެފްރޯން ލީޑް ރޯލު ކުޅެފައިވާ ފިލްމު "ދަ ފެމިލީ އެފެއާ" އަންނަ މަހު ނެޓްފްލިކްސް އިން ޕްރީމިއާކުރަން ނިންމައިފި އެވެ.

ޓްރެއިލާ ވެސް މިހާރު އާންމުކޮށްފައިވާ މި ރޮމޭންޓިކް ކޮމެޑީ އަކީ ރިޗަޑް ލަގްރެވެނީސް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. އޭނަ ކުރިން ގެނެސްދީފައިވާ ފިލްމުތަކުގެ ތެރޭގައި "ބިއުޓިފުލް ކްރީޗާސް" އާއި "ދަ ލާސްޓް ފައިވް އިޔާސް" ހިމެނެ އެވެ.

ތަޖުރިބާކާރު ބަތަލާ ކިޑްމަންއާ އެކީ ޒެކް އަލަށް މުޅިން ލޯބީގެ ރޯލެއް ކުޅެފައިވާ "އަ ފެމިލީ އެފެއާ" ގައި ކިޑްމަން ފެންނާނީ ޒުވާން އަންހެން ދަރިއެއްގެ މައެއްގެ ރޯލުންނެވެ.