Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ޔޫރޯ 2024 އަށް ލަވައެއް ހަދާނެ ބަޔަކު ހޯދަނީ

މި މަހު ފަށާ މި އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ހާއްސަކޮށްގެން ދިވެހި ލަވައެއް ހަދާނެ ބަޔަކު ހޯދަން ދައުލަތުގެ މީޑިއާ، ޕީއެސްއެމުން އިއުލާންކޮށްފި އެވެ.

އެތަނުން ބުނީ ލަވަ ތައްޔާރުކޮށްދޭ ފަރާތުން ލަވައިގެ މިއުޒިކާއި ޅެމުން ފެށިގެން ލަވައިގައި ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށެވެ. އެހެންވެ މި ލަވަ ތައްޔާރުކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކުން އަންނަ ހޯމަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން ދީފައިވާ މި މެއިލަށް [email protected] އަގާއި މަސައްކަތް ނިންމޭނެ މުއްދަތު އެނގޭނެ ގޮތަށް ކޯޓޭޝަން ފޮނުވަން ޕީއެސްއެމުން އެދިފައި އެވެ.

ޔޫރޯގެ ހުރިހާ މެޗްތަކެއް މި ފަހަރު ޕީއެސްއެމުން ލައިވްކޮށް ގެނެސްދޭން ހަމަޖެހިފައިވެ އެވެ.

ޖަރުމަނުން ހޯސްޓްކުރާ މި މުބާރާތް ކުރިއަށް ދާނީ މި މަހުގެ 14 އިން ޖުލައި 14 އަށެވެ.