Last Updated: June 28, 12:01
Sunday, June 28, 2026

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބިދޭސީއެއް ފިލައިފި

ސ. މީދޫގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށައް ގެންދިޔަ ބިދޭސީއަކު ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ފިލައިފިއެވެ.

މީދޫން ވާހަކަ ދެއްކި މީހަކު ބުނީ އެރަށު "އަލްމާ" ބޯޓުގައި މަސައްކަތް ކުރާ ބަގްލަދޭޝްގެ މީހަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ބަންދުކޮށްފައިވާ ހުއްޓާ ފިލާފައިވާ ކަމަށާއި، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިކަމާއި ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ބަންދު ކުރި ބިދޭސީ މީހާ ފިލާފައިވަނީ ރޭ އިރާކޮޅު ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ކުރަމުން އަންނަ ކަމަށެވެ.

ފުލުހުން ބުނީ ބިދޭސީ މީހާގެ ފޮޓޯ އާއި އިތުރު މައުލޫމާތު އާއްމު ކުރާނީ އޭނާ ހޯދުމަށް ފުލުހުން ކުރާ މަސައްކަތުގައި ކުރިއެރުމެއް ނުލިބޭ ނަމައެވެ.