Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

މަރުވި މީހާގެ ގައިގައި ޖެހުނު ލޯންޗްގެ ކެޕްޓަން ހައްޔަރަށް

މިއަދު ހެނދުނު އދ. ދަނގެތި ކައިރީގައި ފާނަ މަސްވެރިކަމަށް މޫދަށް އެރި އުޅުނު ބިދޭސީއެއްގެ ގައިމަތިން ދިޔަ ލޯންޗަކުން ޖެހި އޭނާ މަރުވި ހާދިސާއާ ގުޅިގެން ލޯންޗު ކެޕްޓަން ހައްޔަރުކޮށްފި އެވެ.

އެ ހާދިސާގައި މަރުވެފައި ވަނީ ފ. ފީއަލީ ފާނާ މަސްވެރިކަންކުރާ "ޓްވިންސް" ދޯނީގައި, އިތުރު ބަޔަކާއި އެކު މަހަށް ނިކުމެ އުޅުނު ބަންގްލަދޭޝްގެ މީހެކެވެ.

ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން މަރުވި މީހާ ގައިގައި ޖެހުނު ލޯންޗު ދުއްވީ ދިވެހި ކެޕްޓަން މިހާރު ހައްޔަރުކޮށް މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ފާނަ މަސްވެރިކަމަށް މޫދަށް އެރި އުޅެނިކޮށް ބިދޭސީ މީހާގެ ގައިމަތިން ލޯންޗް ދިޔަ ހާދިސާ ހިނގީ ހެނދުނު 7:30 ހާއިރު އެވެ. އެ ލޯންޗަކީ މާމިގިލިން މާލެ އަށް ދަތުރުކުރި ލޯންޗެކެވެ.