Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ބީއެމްއެލްގެ "ވާއު ކިޑްސް ރަން" ބާއްވައިފި

ހަތްސަތޭކަ އަށް ވުރެ ގިނަ ކުދިންނާ އެކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ "ވާއު ކިޑްސް ރަން" މިއަދު ބާއްވައިފި އެވެ.

ގައުމީ ބޭންކުން ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ކުރިއަށް ގެންދިޔަ ދުވުން ބޭއްވީ މިއަދު ހެދުނު ހުޅުމާލޭގަ އެވެ. މީގައި 760 ކުދިން ބައިވެރިވި އެވެ.

ބީއެމްއެލް އިން ވަނީ ދުވުމުގައި ބައިވެރިވި ކުޑަކުދިންނާއި އާއިލާތަކަށް ޝުކުރު ވެސް އަދާކޮށްފަ އެވެ. އަދި ދުވުމުގައި ބައިވެރި ކުދިންގެ އުފާވެރިކަމާއި ހިނިތުންވުން ފެނުމަކީ ކުންފުންނަށް ލިބޭ ހިތްހަަމަޖެހުމެއްކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބޭންކުން ބުނީ މިއީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިންމުކަން ކުޑަކުދިންނަށް އަންގައި އިދިނުމުގެ ބޭނުމުގައި ބާއްވާ ހާއްސަ ހަރަކާތެއް ކަމަށެވެ.

ދުވުމުގައި ބައިވެރިވެ ކޮންމެ ކުއްޖަކަށް މެޑަލް ވެސް ދީފައިވެ އެވެ.

މިއީ ބީއެމްއެލް އާއި ޓީއެފްޖީ ގުޅިގެން ބޭއްވި 8 ވަނަ "ވާއު ކިޑްސް ރަން" އެވެ.