Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

އެމްއެންޔޫގެ ޖޮބް ފެސްޓިވަލް އަންނަ ހަފުތާގައި

ރާއްޖޭގައި ލިބެން ހުރި ވަޒީފާގެ ފުރުސަތުތަކާ ބެހޭ މައުލޫތު ފޯރުކޮށް ދިނުމުގެ ގޮތުން ގައުމީ ޔުނިވަސިޓީން އެ ތަނުގެ "ފަހި ފުރުސަތު" ގެ ދަށުން ސިލްސިލާކޮށް ބާއްވަމުން އަންނަ ޖޮބް ފެސްޓިވަލްގެ މި އަހަރުގެ އެޑިޝަން މި މަހު ބާއްވަން ނިންމައިފި އެވެ.

އެމްއެންޔޫ އިން ބުނީ ފެސްޓިވަލް ކުރިއަށް ދާނީ މި މަހުގެ 9 އާއި 10 ގަ އެވެ.

ޖޮބް ފެސްޓިވަލް ކުރިއަށް ދާނީ އެ ދެ ދުވަހުގެ ހަވީރު 4:00-6:00 އަށް އަދި ރޭގަނޑު 8:00-10:00 އަށެވެ. މާލޭގައި ހުންނަ އެމްއެންޔޫގެ މައި ޔުނިވަސިޓީ އާއި އަތޮޅުތެރޭގައި ހުރި ކެމްޕަސްތަކުގައި ވެސް ޖޮބް ފެސްޓިވަލް ކުރިއަށް ދާނެ އެވެ.

އަތޮޅުތެރޭގެ ކެމްޕަސްތަކުގައި ޖޮބް ފެސްޓިވަލް ކުރިއަށްދާ އިރު، އެ ސަރަހައްދުގެ އެކިއެކި ކުންފުނިތަކާއި ރިސޯޓް ފަދަ ތަންތަނުން ވެސް ބައިވެރިވެ، ލިބެން ހުރި ވަޒީފާގެ ފުރުސަތުތަކަކާ ބެހޭ މައުލޫމާތު ދޭނެ އެވެ.