Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

އުބާދަތު ހޯދަން އަނެއްކާ ވެސް އިއުލާންކޮށްފި

ކެނަބިސް ޓްރެފިކްކުރި މައްސަލައަކާ ގުޅިގެން މިދިޔަ މަހު ހޯދަން އިއުލާންކުރި އައްޑޫ ހިތަދޫ މުހައްމަދު އުބާދަތު ހުސައިން ހޯދަން ފުލުހުން އަނެއްކާ ވެސް އިއުލާންކޮށްފި އެވެ.

ހިތަދޫ ހަޒާރުމާގޭ އުބާދަތު، 29، ހޯދަން ފުލުުހުން ފުރަތަމަ އިއުލާންކުރީ މިދިޔަ މަހުގެ 12 ގަ އެވެ.

އޭނަ ހޯދަން އަލުން މިއަދި އިއުލާންކޮށް ފުލުހުން ބުނީ އުބާދަތު ހޯދަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކެނެބިސް ޓްރެފިކް ކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން އޭނަ މާދަމާ ހެނދުނު 11 އަށް ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ.

އެހެންވެ އުބާދަތުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކޮށް ދޭން އެދިފައިވެ އެވެ.