Last Updated: July 19, 13:41
Sunday, July 19, 2026
ޚަބަރު

ނޫ އިގްތިސާދު ކުރިއަރުވަން 6.5 މިލިއަން ޔޫރޯ

ރާއްޖޭގެ ނޫ އިގްތިސާދު ކުރިއެރުވުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން 6.5 މިލިއަން ޔޫރޯ ރާއްޖެ އަށް ދީފި އެވެ.

މި ފައިސާގެ އެހީ ރާއްޖެއަށް ދިނީ އީޔޫގެ ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސްގެ މެނޭޖިން ޑިރެކްޓަރު، ޕައޮލާ ޕަމްޕަލޮނީއާ އެކު ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ބޭއްވި ބައްދަލުވުމެއްގަ އެވެ.

މި ބައްދަލުވުމުގައި ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމުގެ ތެރެއިން ހޯދިފައިވާ މުހިންމު ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެ އެވެ.

އެގޮތުން ފާއިތުވި އަހަރުތަކުގައި މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ހޯދިފައިވާ ކުރިއެރުންތަކާއި، ޝަރުޢީ ނިޒާމް ހަރުދަނާކުރުމުގައި އަދި ޓެރޮރިޒަމާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ހޯދިފައިވާ ކުރިއެރުންތަކުގައި އީޔޫއާ އެކުގައި ކުރެވުނު މަސައްކަތްތައް ބޮޑު ދައުރެއް އަދާކޮށްފައިވާކަން ފާހަގަކޮށްފައިވެ އެވެ.

މި ބައްދަލުވުމުގައި ޒަމީރު ވަނީ، ރާއްޖޭގެ އިގްތިސާދާއި މޫސުމީ ބަދަލުތަކާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތުގައި އީޔޫއިން ވެދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ޝެންގެން ވިސާ ރިކުއަޔަމަންޓުތަކުން އިސްތިސްނާވާ ގައުމުތަކުގެ ލިސްޓުގައި ހިމެނުމަށް ރާއްޖެއިން ޝައުގުވެރިވާކަން ހާމަކުރެއްވި އެވެ.