ޔޫރަޕްގެ ރަސްގެފާނު، ރެއާލް މެޑްރިޑަށް ބަދަލުވުމަކީ ހުވަފަނެއް ހަގީގަތަކަށްވުން ކަމަށް، އެ ކްލަބާއި ގުޅުނު ފްރާންސްގެ ފޯވާޑް ކިލިއަން އެމްބާޕޭ ބުނެފި އެވެ.
އެމްބާޕޭ ،25، ފްރާންސްގެ ޕީއެސްޖީއާ އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އޭނާ ވަނީ އެ ކްލަބު ދޫކޮށްލާފަ އެވެ. ޕީއެސްޖީގައި އެމްބާޕޭ ހަތް އަހަރު ހޭދަކޮށްފައިވެ އެވެ.
އެމްބާޕޭ ރެއާލަށް ސޮއިކުރީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގެ ދަށުން އެމްބާޕޭ އަށް ކޮންމެ ސީޒަނެއްގައި 15 މިލިއަން ޔޫރޯ ލިބޭނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި ސައިނިން ބޯނަސްގެ ގޮތުގައި ފަސް އަހަރަށް ބަހާލައިގެން އެމްބާޕޭ އަށް 150 މިލިއަން ޔޫރޯ ވެސް ލިބޭނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ރެއާލަށް ސޮއިކުރުމަށްފަހު އެމްބާޕޭ ބުނީ އެ ކްލަބާއި ގުޅުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާވާ ކަމަށާއި މިއީ ހުވަފަނެއް ހަގީގަތަކަށްވުން ކަމަށެވެ.
Un sueño hecho realidad.
Muy feliz y orgulloso de formar parte del club de mis sueños @realmadrid Es imposible explicar lo feliz y emocionado que me siento en este momento. Estoy impaciente por veros, Madridistas, y gracias por vuestro increíble apoyo.
¡Hala Madrid! 🤍🤍🤍— Kylian Mbappé (@KMbappe) June 3, 2024
ޕީއެސްޖީ އަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިން ކުޅުންތެރިޔާ ކަމަށްވާ، އެމްބާޕޭ ގެންނަން ރެއާލުން މަސައްކަތް ކުރަމުންދިޔަތާ ވަނީ އަހަރުތަކެއް ވެގެން ގޮސްފަ އެވެ.
މޮނާކޯ ދޫކޮށް ޕީއެސްޖީ އަށް އެމްބާޕޭ ބަދަލުވީ 2017 ގަ އެވެ. އެމްބާޕޭ ވަނީ ޕީއެސްޖީ އަށް ކުޅެދިން 308 މެޗުގައި 256 ގޯލު ކާމިޔާބުކޮށްދީފަ އެވެ. އެ ކްލަބާއެކު 15 ތައްޓެއް އެމްބާޕޭ ހޯދިިއިރު އޭގެތެރޭގައި ފަސް ހަ ތަށި ހިމެނެ އެވެ.