Last Updated: July 19, 13:41
Sunday, July 19, 2026
ޚަބަރު

ބިދޭސީންގެ ފީގެ ގޮތުގައި ނުދައްކާ 1.7 ބިލިއަން ރުފިޔާ

ބިދޭސީންތަކެއް މަސަތްކަތް ކުރަނީ / ފޮޓޯ: ސޯޝަލް މީޑިއާ

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދައްކަންޖެހޭ ފީ އާއި ޖޫރިމާނާ އަށް ދައުލަތަށް ނުދައްކާ ހުރި 1.7 ބިލިއަން ރުފިޔާ ދައްކާ ހަލާސް ކުރަން ހޯމްލޭންޑް ސެކިޔުރިޓީ މިނިސްޓްރީން އަންގައިފި އެވެ.

އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދޫކުރާ ހުއްދަތަކަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތައް، 10،619 ވަޒީފާދޭ ފަރާތުގެ ނަންމަތީގައި ރަޖިސްޓަރީ ކުރެވިފައިވާ 102،807 ބިދޭސީ މަސައްކަތްތެރީންގެ ފީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ކަމަށް ބެލެވޭ -/1،765،704،400ރ ވަޒީފާދޭ ފަރާތްތަކުން ދައުލަތަށް ނުދައްކާ ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން، މި މަހުގެ 18 ވަނަ ދުވަހުގެ ކުރިން، ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ވަޒީފާދޭ ފަރާތައް ޤާނޫނުން ލާޒިމްކުރާ އެންމެހާ ފީތަކާއި ޖޫރިމަނާތައް ދައްކާ ޚަލާސްކުރުމަށް ވަނީ އަންގާފަ އެވެ. އަދި އެ ދުވަހުގެ ނިޔަލަށް، ފީތަކާއި ޖޫރިމަނާތައް ނުދައްކާ ފަރާތްތައް އާންމުކޮށް އިޢުލާނު ކުރުމާއިއެކު، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެފަރާތްތައް ސަސްޕެންޑްކޮށް އައު ހުއްދަތައް ދޫކުރުން މެދުކަނޑާލެވޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.