Last Updated: July 18, 17:45
Sunday, July 19, 2026
ޚަބަރު

ލަންޑަން ފެއާގައި ބައިވެރިވާން ހުޅުވާލައިފި

މި އަހަރުގެ ނޮވެމްބަރު މަހު ލަންޑަންގައި ބާއްވާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިޔުޓީއެމް) ފެއާގައި ބައިވެރިވާން ޓޫރިޒަމް ދާއިރާގެ ފަރާތްތަކަށް ހުޅުވާލައިފި އެވެ.

މި ފެއާ އޮންނާނީ ނޮވެމްބަރު 5-7 އަށެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން) އެމްއެމްޕީއާރްސީއާ އެކީ ފެއާގައިބައިވެރިވާ ފަރާތްތަކަށް އެ ފަރާތްތަކުގެ އުފެއްދުންތަކާއި ޕްރޮޕަޓީތައް އިޝްތިހާރުކޮށް މާކެޓް ކުރުމުގެ ފުރުސަަތު ފަހިވެވެގެން ދާނެ އެވެ. އަދި މީގެ އިތުރުން ސްޓްރެޓެޖިކް ނެޓްވޯކިން މެދުވެރިކޮށް، އިނގިރޭސިވިލާތާއި ބައިނަލްއަގުވާމީ ދަތުރުފަތުރުގެ ވިޔަފާރީގެ މުހިންމު ބައިވެރިންނާ ގުޅުންތައް ގާއިމްކޮށް، ޓޫރިޒަމްގެ އާ އުފެއްދުންތަކާ ބެހޭ އިންޑަސްޓްރީގެ އަޕްޑޭޓްތައް ޕާސަނަލައިޒްޑް އެންގޭޖްމަންޓާއި އިން-ޕާސަން ބައްދަލުވުންތަކުގައި ހިއްސާކުރުމުގެ ފުރުސަތު މިފެއާގައި ބައިވެރިވާ ފަރާތްތަކަށް ލިބިގެންދާ އެވެ.

އެހެންވެ ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހުގެ 26 ގެ މެންދުރު ފަހު 1:00 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

އިނގިރޭސިވިލާތަކީ މިހާރު ރާއްޖެ އަށް ތިން ވަނަ އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ.