މަސްތުވާތަކެތި ބޭނުން ކޮށްގެން ހުރި ކަމުގެ ތުހުމަތުގައި ސ. ހިތަދޫ ސެންޓްރަލް ޕަވަ ސްޓޭޝަންގެ މުވައްޒަފަކު ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
"އައްޑޫ ލައިވް" އަށް އެނގިފައިވާ ގޮތުގައި ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ހިތަދޫ ޕަވަ ސްޓޭޝަންގައި ޑިއުޓީ އޮފިސަރެއްގެ ވަޒީފާ އަދާ ކުރާ އެ ރަށު ހަވާނާ ، ޝުޖާއު، 28، އެވެ.
ރޭ ދަންވަރު 1:10 އެހާކަށްހާ އިރު ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޝުޖާއު ހައްޔަރުކޮށްފައި ވަނީ ހިތަދޫ ސެންޓްރަލް ޕަވަ ސްޓޭޝަންގެ ފާޙާނާއެއްގެ ތެރެއިން ކަމަށް އެނގިފައިވެ އެވެ.
އެނގިފައިވާ ގޮތުގައި ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޝުޖާއު އަކީ މިހާރު އިންޖީނުގެ ހިންގަމުން އަންނަ ފެނަކަ ކޯޕަރޭޝަންގެ ޗެއާމަން ނުއުމާން އާ އެއްބަފާ މީހެކެވެ.