Last Updated: June 7, 22:00
Sunday, June 7, 2026

ހިތަދޫ ލިންކްރޯޑްގައި ފެންބޮޑުވާ މައްސަލަ ހައްލުކުރަން ފަށައިފި

ހިތަދޫ ލިންކް ރޯޑްގައި ފެން ބޮޑުވާ ސަރަހައްދު ތަކުގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އިން ފަށައިފި އެވެ.

އެމްއާރްޑީސީގެ އޮފިޝަލަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނިގޮތުގައި އައްޑޫ ސިޓީ ކައުންސިލާއި ގުޅިގެން ކުރާ މި މަސައްކަތުގެ ދަށުން އައްޑޫ ސިޓީގެ ހުރިހާ ރަށްތަކެއްގެ މަގުތަކުގައި ވެސް ފެންބޮޑުވާ މައްސަލަ ހައްލު ކުރާނެ ކަމަށެވެ.

ވާރޭ ވެހުމުން ހިތަދޫ ލިންކް ރޯޑްގައި ފެން ބޮޑުވާ ސަރަހައްދުތަކުގެ ތެރެއިން މި ވަގުތު މަސައްކަތް ކުރިއަށް ދަނީ ކުރީގެ ޕޮލިސް ޓްރޭނިން ސްކޫލް ހުރި ދިމާލުގައެވެ. އެ ސަރަހައްދުގައި ފެން ހިންދާ ސިންކްޕިޓްތައް ހޮޅި ވަޅުލައި ސިންކްޕިޓްތަކާ ގުޅާލަން ވަނި ނިންމައިފަ އެވެ.

އެމްއާރްޑީސީގެ ފަރާތުން ވަނީ ވަރަށް ފަހުން ފޭދޫ ބޮޑުމަގުގައި ވެސް ވާރޭ ވެހުމުން ފެން ބޮޑުވާ މައްސަލަ ހައްލުކޮށްފަ އެވެ.