ޔޫރޯ ފުޓްބޯޅަ މުބާރާތަށް އިންގްލެންޑުން ނެގި ސްކޮޑުން މެންޗެސްޓާ ޔުނައިޓެޑްގެ ހެރީ މެގުއާ އާއި މެންޗެސްޓާ ސިޓީގެ ޖެކް ގްރީލިޝް ބާކީކޮށްފި އެވެ.
ޔޫރޯ އަށް އިންގްލެންޑުން ފުރަތަމަ ނެގީ 33 ކުޅުންތެރިންގެ ސްކޮޑެއް ކަމަށްވާއިރު، ޔޫރޯ އަށް ގެންދެވޭނީ 26 ކުޅުންތެރިންނެވެ. އެހެންކަމުން 7 ކުޅުންތެރިއަކު ސްކޮޑުން މިހާރު ވަނީ ބާކީކޮށްފަ އެވެ.
ސްކޮޑުން މެގުއާ ބާކީކުރީ ފައިގެ ކުޑަކަޅުވާ އަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެންނެވެ. ސްކޮޑުން ދެން ބާކީކުރީ ގްރީލިޝް ވަނީ މުބާރާތަށް ތައްޔާރުވާން ދާދިފަހުން އިންގްލެންޑުން ބޮސްނިޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ކުޅެފަ އެވެ. މި ދެ ކުޅުންތެރިންގެ އިތުރުން ސްކޮޑުން ދެން ބާކީކުރީ ޓޮޓެންހަމްގެ ޖޭމްސް މެޑިސަން އާއި އެވަޓަންގެ ޒުވާން ޑިފެންޑަރު ޖެރާޑް ބްރަންތްވެއިޓްގެ އިތުރުން ލިވަޕޫލްގެ ކާޓިސް ޖޯންސް އާއި ޖަރެލް ކުއަންސާ އާއި ބާންލީގެ ގޯލްކީޕަރު ޖޭމްސް ޓްރެފޯޑް އެވެ.
ޔޫރޯގެ ކުރިން އިންގްލެންޑުން އެކުވެރިކަމުގެ އިތުރު މެޗެއް މާދަމާ ރޭ ކުޅޭނެ އެވެ. އެ މެޗުގައި ބައްދަލުކުރާނީ އައިސްލޭންޑާ އެވެ.
މި މަހުގެ 14 ގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިންގްލެންޑް ލައްވާލާފައިވަނީ ސްލޮވީނިއާ އާއި ޑެންމާކުގެ އިތުރުން ސާބިޔާއާއެކު ގްރޫޕް ސީ ގަ އެވެ. ގްރޫޕްގެ ފުރަތަމަ މެޗުގައި އިންގްލެންޑް ނިކުންނާނީ ސާބިޔާއާ ދެކޮޅަށެވެ.