Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ސިވިލް ސާވިސް ކޮންފަރެންސް އަންނަ ހަފުތާގައި

"މޯލްޑިވްސް ސިވިލް ސާވިސް ކޮންފަރެންސް 2024" ގެ ނަމުގައި އަންނަ ހަފުތާގައި ކޮންފަރެންސެއް ބާއްވަން ނިންމައި އޭގެ ޕާޓްނަރުންނާ އެކީ ސޮއިކޮށްފި އެވެ.

ކޮމްފރެންސް ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 9-10 އަށް ދަރުބާރުގޭގަ އެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނީ މި ކޮންފަރެންސްގެ މަގުސަދަކީ ސިވިލް ސާވިސް ޑިޖިޓަލައިޒްކޮށް ކުރިއެރުވުމަށް ބޭނުންވާ ޢިލްމީ އަދި ފަންނުވެރި ޚިޔާލާއި މަޢުލޫމާތު ހޯދުން ކަމަށެވެ. އެގޮތުން ދިވެހި ސިވިލް ސާވިސްގެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮށް ޚިދުމަތް ދިނުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ ހައްލު ހޯދައި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށް ދިނުމުމަކީ މީގެ މުހިއްމު ބޭނުމެއް ކަމަށް ބުންޏެވެ.

ކޮންފަރެންސްގެ ޕާޓްނަރުންގެ ތެރޭގައި ހިމެނެނީ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ، މޯލްޑިވްސް ޓޫރިޒަމް ޑެވެލޮޕްމަންޓް ކޯޕަރޭޝަން، އެސްޓީއޯ، އައިލެންޑް އޭވިއޭޝަން ސާވިސެސް، ޕީއެސްއެމް، އޫރިދޫ މޯލްޑިވްސް، ދުވަސް ނޫސް، މޯލްޑިވްސް ބިޒްނަސް ރިވިއު، އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް އަދި އެމްޓީސީސީ އެވެ.