Last Updated: July 14, 13:49
Tuesday, July 14, 2026
ޚަބަރު

ބީއެމްއެލްގެ މުވައްޒަފަކު ވެސް ހައްޖަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މި އަހަރު ހައްޖު ދަތުރުގެ ފުރުސަތު ދިން މުވައްޒަފު މިއަދު ފުރައިފި އެވެ.

ރާއްޖެ އިން އެންމެ ފަހުން ހައްޖަށް ދިޔަ ގްރޫޕާ އެކީ މިއަދު ފުރީ އައިމިނަތު ޖީހާން އެވެ. އޭނަ ފުރި ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކޮށް، ބީއެމްއެލް ވަނީ މަބްރޫރު ހައްޖަކަށް އެދޭ ކަމަށް ވެސް ބުނެފަ އެވެ.

ރާއްޖޭގެ އެކިއެކި އޮފީސްތަކާއި ކުންފުނިތަކުން މުވައްޒަފުންނަށް އުމްރާ ހައްޖު ދަތުރު މި ފަހުން ދިނުމަކީ ވަރަށް އާންމު ކަމެކެވެ.

މި އަހަރު ރާއްޖެ އަށް ލިބުނީ 1،000 ހައްޖު ކޯޓާ އެވެ. އެގޮތުން ދިވެހި ހުރިހާ ހައްޖާޖީން ވެސް ހައްދަޖަށް ދިޔައީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގަ އެވެ.

މި އަހަރުގެ ހައްޖު ދުވަހަކީ މި މަހުގެ 15 އެވެ.