Last Updated: July 27, 09:53
Saturday, July 27, 2024
ކުޅިވަރު

ޔޫރޯ 2024 ގެ ލަވަ އަކީ "ފަޔާ"

ޖަރުމަންގައި ފަށަން ތައްޔާރުވަމުން އަންނަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ރަސްމީ ލަވަ އާންމުކޮށްފި އެވެ.

"ފަޔާ" ގެ ނަން ދީފައިވާ މި ލަވަ ކިޔާފައި ވަނީ ޖަރުމަންގެ ލަވަކިޔުންތެރިޔާ ލިއޮނީ އާއި އިޓަލީގެ އިލެކްޓްރޯނިކް ބޭންޑް، މެޑޫޒާގެ އިތުރުން އެމެރިކާގެ ރޮކް ބޭންޑް، ވަން ރިޕަބްލިކް ގުޅިގެންނެވެ. ލަވައިގެ ވީޑިއޯއާ އެކީ އާންމުކޮށްފައިވާ އިރު، ލަވަ ޑައިރެކްޓްކުރީ ކެވިން ފާސްޓްލް އެވެ.

ޖަރުމަންގައި ޔޫރޯ މުބާރާތް ފަށަން ހަމަޖެހިފައި ވަނީ މި މަހުގެ 14 ގަ އެވެ. ސައުވީސް ޓީމަކުން ވާދަކުރާ މުބާރާތް އަންނަ މަހުގެ 14 އާ ހަމައަށް ކުރިއަށް ދާނެ އެވެ. ސަތާރަ ވަނަަ ޔޫރޯ މުބާރާތް ޖަރުމަނުން ހޯސްޓްކުރާ އިރު، މުބާރާތުގެ މެޗްތައް އެ ގައުމުގެ 10 ސިޓީއެއްގައި ކުޅޭނެ އެވެ.

ޔޫއެފާ އިން އިންތިޒާމު ކުރާ ޔޫރޯ އަކީ ފީފާ އިން ބާއްވާ ވޯލްޑް ކަޕަށް ފަހު، ފުޓްބޯޅައިގެ އެންމެ ފޯރި ގަދަ މުބާރާތެވެ.