Last Updated: July 27, 11:09
Saturday, July 27, 2024
ޚަބަރު

މަޖިލިސް މެންބަރުން އީދު ޗުއްޓީ އަށް

ކުރިއަށް އޮތް ބޮޑު އީދު ބަންދު ނިމެންދެން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދަން ނިންމައިފި އެވެ.

،ކުރީގެ މަޖިލީހުން ރުހުން ނުދިން ތިން މިނިސްޓަރަކަށް އިއްޔެ ރުހުން ދިނުމަށް ފަހު، ޖިލީހުގެ ޖަލްސާތައް އިއްޔެ ނިންމައިލި އިރު، އީދު ބަންދަށް ފަހު ދެން ޖަލްސާތައް ފަށާނީ މި މަހުގެ 24 އިން ފެށިގެންނެވެ.

މި ހަފުތާ ބަންދ އެމީ ބޮޑު އީދު ބަންދު ފެށޭއިރު، ބަންދު ހަފުތާ ނިމޭނީ 20 ވާ ބުރާސްފައްޗަށެވެ

މަޖިލީހުގެ އާންމު އުސޫލުން ކޮންމެ ހަފުތާއަކު، ހޯމަ، އަންގާރަ އަދި ބުދަ ދުވަހު ޖަލްސާތައް ބޭއްވި ނަމަވެސް މި ހަފުތާގެ އަންގާރަ އަދި ބުދަ ދުވަހު ވެސް ޖަލްސާއެއް ނޯންނާނެ އެވެ.

ވިހި ވަނަ މަޖިލީހުގެ މެންބަރުން ހުވާ ކުރެއްވީ މިދިޔަ މަހުގެ 28 ގަ އެވެ. މަޖިލީހުގައި 93 މެންބަރުން ތިއްބަވާ އިރު، ސުޕަ މެޖޯރިޓީ އޮތީ ސަރުކާރު ހިންގާ، ޕީއެންސީއަށެވެ.

މަޖިލީހުގެ މި ދައުރަށް ސަރުކާރުން ވަނީ 37 ބިލެއް ހުށަހަޅައިފަ އެވެ.