މިއަހަރުގެ އަޟްޙާ ޢީދު ނަމާދުގެ ބޮޑު ޖަމާޢަތް އައްޑޫ ސިޓީގެ އެކި އަވަށްތަކުގައި އޮންނާނެ ކަމަށް އައްޑޫ ކައުންސިލުން ބުނެފި އެވެ.
އައްޑޫ ކައުންސިލުން ބުނީ ހިތަދޫގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަނީ ސިޓީ ސްކޮޔާގައި ކަމަށެވެ. މަރަދޫގައި ބޮޑު ޖަމާއަތް އޮންނާނީ ބަނދަރު ދެކުނު ފަރާތުގައި ކަމަށްވާއިރު، މަރަދޫފޭދޫގައި ފުޓްބޯޅަ ދަނޑުގައި އަދި ފޭދޫގައި ބޮޑު ޖަމާއަތް އޮންނާނީ ބަނދަރު މަތީގަ އެވެ.
ހުޅުދޫގައި ބޮޑު ޖަމާއަތް އޮންނާނީ ހިއްކި ބިން ސަރަހައްދުގައި ކަމަށްވާއިރު، މީދޫގައި ބޮޑު ޖަމާއަތުގައި އީދު ކުރާނީ ބަނދަރު ކުރިމަތީ އޮންނަ ޕާކުގައި ކަމަށް ކައުންސިލުން ބުނެ އެވެ.
އީދު ނަމާދުގެ ޖަމާއަތް ފެށޭނީ ހެނދުނު 7 ޖަހާއިރު އެވެ.
ބޮޑު އީދު ދުވަހަކީ އަންނަ އާދިއްތަ ދުވަހެވެ.