އުރީދޫން ޔޫރޯ 2024ގެ ހުރިހާ މެޗެއް ސޮނީ ލިވް އެޕުން ދެއްކުމަށް ނިންމައި، މެޗުތައް ބެލުމަށް ހާއްސަ ޑޭޓާ ޕެކޭޖެއް ތައާރަފުކޮށްފި އެވެ.
އުރީދޫއިން ބުނީ 250ރ އަށް 100 ޖީބީ އާއެކު މި ފްރީ ޕްރީމިއަމް އެކްސެސް ލިބިގެން ދާނެ ކަމަށާއި މި ޕެކް މެދުވެރިކޮށް ކަސްޓަމަރުންނަށް ޑޭޓާ ލިމިޓާ މެދު ކަންބޮޑުވުމެއް ނެތި ޔޫރޯގެ ހުރިހާ މެޗެއް ލައިވްކޮށް ސްޓްރީމް ކުރެވޭނެ ކަމަށެވެ.
އެ ޕެކޭޖް ލައިވް ކުރާނީ މި ހަފުތާ ނިމުމުން ކަމަށް އުރީދޫން ބުންޏެވެ. އަދި އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަ ސޮނީ ލިވްގެ އެކި އެޑް-އޮންތަކަށް ސަބްސްކްރައިބްކޮށް، މެދުނުކެނޑި ޔޫރޯގެ ފޯރީގައި ބައިވެރިވެވެން ހުންނާނެ ކަމަށް އުރީދޫން ބުނެ އެވެ.
އުރީދޫން ވަނީ ޔޫރޯއާ ދިމާކޮށް ހާއްސަ ޕްރޮމޯޝަންތަކެއް ވެސް ތައާރަފުކޮށްފަ އެވެ.