Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

އީދާ ދިމާކޮށް އުޅަނދުތައް ޗެކްކުރަން ފަށައިފި

ޢީދު ބަންދާ ދިމާކޮށް މާލެއިން އަތޮޅުތަކަށް ގިނަ އަދަދެއްގެ ބަޔަކު ފުރައި އަދި އަތޮޅުތަކުން މާލެ އަށް ގިނަބަ ޔަކު ޒިޔަރަތް ދަތުރު ކުރާނެތީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ އޮޕަރޭޝަނެއް މެރިން ޕޮލިހުން ފަށައިފި އެވެ.

މިއަދުގެ މެންދުރު ފަހުން ފެށިގެން މި މަހުގެ 23 ވަނަ ދުވަހުގެ އިރު އޮއްސި 6:00 އާ ގަނައަށް ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި، މާލެ އޭރިއާގެ ބަނދަރުތަކުން ލަފާފުރާ އުޅަނދުފަހަރާއި ކަނޑުގެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ބަލައި ފާސްކޮށް އަދި ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އަދި އަތޮޅުތަކުން ލަފާފުރާ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މައުލޫމާތު ދިނުމާއި ބަލައި ފާސްކުރުމުގެ ކަންކަން އަތޮޅުތަކު ޕޮލިސް ސްޓޭޝަންތަކާ ގުޅިގެން ކުރިއަށް ގެންދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި އޮޕަރޭޝަންގެ މައިގަނޑު ބޭނުމަކީ ރައްކާތެރިކަމާ އެކީ ކަނޑު ދަތުރުތައް ކުރަން ބާރު އެޅުމެވެ. އަދި ކަނޑުމަތީގެ ހާދިސާތައް މަދުކޮށް ރައްޔިރުންނާއި މުދަލަށް ލިބޭ ގެއްލުންތައް ކުޑަކުރުމުވެ.