Last Updated: July 15, 11:57
Wednesday, July 15, 2026
ދުނިޔެ

ކުވައިތުގެ އިމާރާތެއްގައި ރޯވެ 49 މަރު

ކުވައިތުގެ މަންގަފްގެ ފްލެޓް އިމާރާތެއްގައި ރޯވެ 49 މީހަކު މަރުވެއްވެ އެވެެ.

އިއްޔެގެ ހާދިސާގައި މަރުވި މީހުންގެ ތެރެއިން 40 މީހުންނަކީ އިންޑިއާ އަށް ނިސްބަތްވާ މީހުންނެވެ. ކުވައިތުގައި ހުންނަ އިންޑިއާގެ އެމްބަސީން ބުނި ގޮތުގައި އިމާރާތުގައި އަލިފާން ރޯވި ހާދިސާއާ ގުޅިގެން އިންޑިއާގެ 50 މީހަކު ޒަހަމްވެފައިވެ އެވެ.

މި ހާދިސާއާ ގުޅިގެން ބޮޑުވަޒީރު ނަރެންދިތަ މޯދީ ސޯޝަލް މީޑިއާ ޕޯސްތެއްގައި ހިތާމަ ފާޅުކުރައްވާފައިވެ އެވެ.

ކުވައިތުގެ ބޮޑުވަޒީރުގެ ނައިބު ޝެއިހް ފަހަދު ޔޫސުފް އަލް.ސަބާހް ވިދާޅުވީ ގިނަ ބަޔަކު ދިރިއުޅެމުން އައި ހަތް ބުރީގެ ފްލެޓް އިމާރާތުގައި ރޯވީ އިމާރާތް ކުރުމުގެ މިންގަނޑުތަކާ ހިލާފަށް ފެންވަރު ދަށްކޮށް ހަދާފައި ހުރުމުން ކަމަށެވެ.

މިކަމާ ގުޅިގެން މިހާރު އަންނަނީ ރޯވި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މީޑިއާތަކުން ބުނީ ރޯވި އިމާރާތުގައި އިންޑިއާގެ އިތުރުން ޕާކިސްތާނާ ބަންގްލަދޭޝް އާއި ނޭޕާލްގެ އިތުރުން ފިލިޕީންސްގެ އާއިލާތަކެއް ވެސް ދިރިއުޅެމުން އަންނަ ކަމަށެވެ.