Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ޓްރާންްސްޕޯޓްގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު ނިޔާވެއްޖެ

ޓްރާންްސްޕޯޓް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު ބާހިޒް ޝަފީގް ނިޔާވެއްޖެ އެވެ.

އައްޑޫ ފޭދު އަށް ނިސްބަތްވާ ބާހިޒް ނިޔާވީ އޭޑީކޭ ހޮސްޕިޓަލުގައި ގޮހޮރުގެ އޮޕަރޭޝަނެއްކޮށްފައި ވަނިކޮށް ކަމަށް އެނގިފައިވެ އެވެ. އޭނަ މީގެ ކުރިން ހިތުގެ އޮޕަރޭޝަނެއް ވެސް ކޮށްފައިވެ އެވެ.

ބާހިޒް، 28، ނިޔާވީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

އޭނަގެ ޖަނާޒާ ބާއްވަން ހަމަޖެހިފައި ވަނީ މިއަދު މަޢުރިބު ނަމާދަށް ފަހު ހުޅުމާލެ ސަހަރާގަ އެވެ.