Last Updated: June 11, 21:26
Thursday, June 11, 2026
ޚަބަރު

ފުވައްމުލަކު މިސްކިތްތައް ސޯލާކުރަން ބީލަމަށް

ފުވައްމުލަކުގެ މިސްކިތްތަކަށް ބޭނުންވާ ސޯލާ ޕެނެލްތައް ސަޕްލައިކޮށް، ހަރުކޮށް ދޭނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.

ސިޓީ ކައުންސިލުން ބުނީ ކޮންޓްރެކްޓަ ފައިނޭންސް އުސޫލުން އެ މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 25 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

މި ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ކުންފުނީގެ ނަމާއި އެޑްރެހާއި ފޯން ނަންބަރާއި އީމެއިލް އެޑްރެހުގެ އިތުރުން ފުރިހަމަ ނަން މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި މެއިލް އަށް [email protected] ފޮނުވަން ޖެހެ އެވެ.

ބީލަންތައް ބަކައިގަތުމާއި ހުޅުވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 25 ވަނަ ދުވަހުގެ ހެނދުނު 11:00 ފުވައްމުލަކު ކައުންސިލް އިދާރާގަ އެވެ.