Last Updated: June 11, 21:26
Thursday, June 11, 2026
ޚަބަރު

އުމްރާ ކުންފުނިތަކުގެ ލިސްޓް އާންމުކޮށްފި

އުމްރާ އަށް ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކުގެ ލިސްޓު އިސްލާމިކް މިނިސްޓްރީން މިއަދި އާންމުކޮށްފި އެވެ.

އެ ލިސްޓުގައި ހިމެނެނީ 58 ކުންފުންޏެކެވެ. އެގޮތުން ލިސްޓްގައި ހިމެނެނީ އޮގަސްޓް 2022 އާއި މިދިޔަ އަހަރުގެ މެއި މަހާއި ސެޕްޓެމްބަރު މަސް އަދި މި އަހަރުގެ މެއި މަހު އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ ދޫކޮށްފައިވާ ކުންފުނިތަކެވެ.

އުމްރާ އަށް ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކުގެ ލިސްޓު މިނިސްޓްރީން އާންމުކުރި އިރު، ހުއްދަ ނެތި މީހުން އުމްރާ އަށް ގެންގޮސް ހާލުގައި ޖައްސާ މައްސަލަ މި ފަހުން ވަރަށް ބޮޑަަށް ފެންމަތިވެފައިވެ އެވެ.

އެހެންވެ ފައިސާ ދައްކާ ކުންފުންޏަކީ ހުއްދަ ދީފައިވާ ކުންފުންޏެއްތޯ ކަށަވަރު ކުރަން މިނިސްޓްރީން ތަކުރާރުކޮށް އިލްތިމާސްކޮށްފައިވެ އެވެ.