Last Updated: July 3, 11:07
Friday, July 3, 2026
ޚަބަރު

އީދު ދުވަހުގެ ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާ

ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

ބޮޑު އީދު ދުވަހުގެ ހަވީރު މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މާލޭސިޓީ ކައުންސިލުން މަނާކޮށްފި އެވެ.

މިއަދު ކުރިއަށްގެންދިޔަ މާލެސިޓީ ކައުންސިލްގެ ބައްދަލުވުމުގައި ނިންމާފައިވަނީ، އީދު ދުވަހުގެ ހަވީރު 4-6 އަށް ވެހިކަލް ދުއްވުން މަނާކުރުމަށެވެ.

އިމަޖަންސީ ހާލަތުގައި ދަތުރުކުރަން ހާއްސަ ސްޓިކާއެއް ކައުންސިލުން ދޫކުރާނެ ކަމަށާއި އެ ސްޓިކާ ލިބޭނީ ކައުންސިލުގެ އާންމު ހިދުމަތާއި ބެހޭ ބައިން ކަމަށް ކައުންސިލުން ބުނެ އެވެ.

އާންމުގޮތެއްގައި އީދު ދުވަސްތަކުގެ ހަވީރަކީ މާލޭގައި ހަމައެކަނި ފައިމަގުގައި އުޅެވޭ ވަގުތެއްކަމުގައި ކަނޑައަޅަ އެވެ.