މާދަމާ ރޭ ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ހާއްސަކޮށްގެން އެސްޓީއޯ އިން ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެސްޓީއޯ އިން ބުނީ މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ މައި ފިހާރަ އަދި އަތޮޅު ތެރޭގެ ފިހާރަތަކުގަ އެވެ.
އެ ޕްރޮމޯޝަންގައި 15 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް ދޭނެ އެވެ. ޕްރޮމޯޝަންގައި ހިމެނޭ އުފެއްދުންތަކަކީ ފިލިޕްސް ބްރޭންޑްގެ ޓީވީ, ހޯމް ތިއޭޓަރ ސިސްޓަމް, އަދި ހެޑްފޯނެވެ. އަދި ބޮކްސްލައިޓް ބްރޭންޑްގެ ޕްރޮޖެކްޓަރު ގަތުމުން ވެސް އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.
ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭ އެ ޕްރޮމޯޝަންގައި ގުރުއަތުން ހޮވޭ ފަރާތަކަށް 50,000ރ ގެ އިނާމު ލިބޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
ކޮންމެ މެޗެއްގެ ނަތީޖާ ދިމާ ކުރުމުގެ ފުރުސަތު އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފޭސްބުކް ޕޭޖްގައި ހުޅުވާލާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
– ގްރޫޕް ސްޓޭޖުން އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް – ހޯމް ތިއޭޓަރ ސިސްޓަމެއް.
– ދެވަނަ ބުރުން އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް – 32 އިންޗީގެ ޓީވީއަކާއި ހޯމް ތިއޭޓަރ ސިސްޓަމެއް.
– ކުއާޓާ ފައިނަލުން އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް – 43 އިންޗީގެ ޓީވީއަކާއި ހޯމް ތިއޭޓާ ސިސްޓަމެއް.
– ފައިނަލް މެޗްގެ ނަތީޖާ ދިމާކުރާ ފަރާތަކަށް – 65 އިންޗީގެ ޓީވީއެއް.
އެސްޓީއޯ އިން ބުނީ ކޮންމެ ބުރެއްގައި ވެސް ޕޮއިންޓް އެއްވަރު ވެއްޖެނަމަ އިނާމު ލިބޭ ފަރާތް ހޮވާނީ ގުރުއަތުން ކަމަށެވެ.