އަޟްހާ އީދާއި ދިމާކޮށް ހާއްސަ އޮފާތަކެއް އުރީދޫއިން ތައާރަފްކޮށްފި އެވެ.
އުރީދޫން ބުނީ އެ ކުންފުނީގެ އެކްސްކްލޫސިވް އީދު ޕްރޮމޯޝަންތަކުގެ ތެރޭގައި ބޯނަސް ޑޭޓާ އޮފާ، ގިފްޓިން އޮޕްޝަންސް، އަދި ޕެކް އެކްޓިވޭޓްކޮށްގެން އަގުހުރި އިނާމު ލިބޭނެ ގޮތްތައްވެސް ހިމެނޭނެ ކަމަށެވެ.
ބޯނަސް ޑޭޓާ އޮފާ މެދުވެރިކޮށް އުރީދޫގެ ހުރިހާ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 350ރ. އާއި އެއަށްވުރެ މަތީގެ ޕެކްތައް އެކްޓިވޭޓްކުރުމުން 60 އިންސައްތަ އާ ހަމައަށް ބޯނަސް ޑޭޓާ ލިބޭނެ އެވެ.
އުރީދޫގެ ގިފްޓް އަ ޕެކް މެދުވެރިކޮށް ފޮނުވާ ޑޭޓާ ޕެކްތަކަށް އުރީދޫގެ ފަރާތުން އިތުރު 1 ޖީބީ ހިލޭ ލިބޭނެ އެވެ. އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދާ އެކްޓިވޭޓް އެންޑް ވިން ޕްރޮމޯޝަނުގައި 500ރ. އާއި އެއަށްވުރެ މަތިން ޕެކެއް އެކްޓިވޭޓްކޮށް، އަގުހުރި އިނާމުތައް ލިބޭނެ ކަމަށް އުރީދޫން ބުނެ އެވެ. ނަސީބުވެރިން ހޮވޭނީ ގުރުއަތުންނެވެ.
މީގެއިތުރުން އުރީދޫގެ ބޮޑު ޗުއްޓީ ޕެކާއެކު މި ޗުއްޓީގެ ހުރިހާ ވަގުތެއްގައި ވެސް ރައްޓެހިންނާއި އާއިލާއާއެކު ހޭދަކުރެވޭނެ އެވެ. އެ އޮފާގެ ދަށުން: 100 ޖީބީ ޑޭޓާ އާއި އުރީދޫ ނަންބަރުތަކަށް ހިލޭ ވޮއިސް ކޯލް 100 ރުފިޔާއަށް، 3 ދުވަހުގެ ވެލިޑިޓީއަކާއެކު އަދި 100 ޖީބީ + 50 ޖީބީގެ ބޯނަސް ޑޭޓާ އާއި އުރީދޫ ނަންބަރުތަކަށް ހިލޭ ވޮއިސް ކޯލް 150 ރުފިޔާއަށް، 5 ދުވަހުގެ ވެލިޑިޓީއަކާ އެކު ލިބޭނެ އެވެ.