Last Updated: June 11, 21:26
Thursday, June 11, 2026
ޚަބަރު

ދުވާރުމަތީގައި ޕާކް ކުރުން ހުއްޓުވަން ދަގަނޑު ޖަހަނީ

މާލޭގެ މަގުތަކުގެ ޕޭވްމަންޓް މަތީގައު ވެހިކަލްގތައް ޕާކްކުރުން ހުއްޓުވަން ބޮލާޑް ނުވަތަ ދަގަނޑު ޖަހަން ފަށައިފި އެވެ.

މިކަމާ ގުޅޭ ގޮތުން މާލެ ސިޓީ ކައުންސިލުން ބުނީ މާލޭގެ އެކި ސަރަހައްދުތަކުގެ މަގުތަމުގެ ޕޭވްމަންޓްތަކުގައި ޕާކް ކުރުން ހުއްޓުވުމަށް ދަގަނޑު ޖެހުމުގެ މަސައްކަތް ކުރަން ފެށީ ގަވައިދާ ހިލާފަށް ޕާކް ކުރާ މައްސަަލައަށް ހައްލެއް ހޯދުމަށާއި މަގުތައް ތަރުތީބު ކުރަން ކަމަށެވެ.

އެ މަސައްކަތް ފެށުމުގެ ގޮތުން ލިލީމަގުގައި ސަލްޓަން ޕާކް ކުރިމަތީގައި އޮންނަ ދުވާރުމަތީގައި މިހާރު ވަނީ ދަގަނޑު ޖަހަން ފަށައިފަ އެވެ.

މާލޭގެ މަގުތަކުގެ ޕޭވްމަންޓްމަތީގައި ޕާކްކުރުމަކީ ވަރަށް އާންމުވެފައިވާ އަދި ހިނގާ މީހުންނަށް މިކަމުގެ ސަބަބުބް ވަރަށް ބޮޑު އުނދަގުލަކާ ކުރިމަތިލާމް ޖެހިފައިވާ ކަމެކެވެ.