Last Updated: June 12, 10:21
Friday, June 12, 2026
ޚަބަރު

ދައުލަތުގެ އިންޓާނަލް އޮޑިޓް ކޮންފަރެންސް ޖުލައިގައި

ދައުލަތުގެ އިންޓާނަލް އޮޑިޓް ކޮންފަރެންސް އަންނަ މަހު ބާއްވަން ފިނޭންސް މިނިސްޓްރީން ތައްޔާރުވާން ފަށައިފި އެވެ.

ތައްޔާރީތަކުގެ ތެރެއިން އޮޑިޓު ކޮމިޓީން ވަނީ އެކިއެކި މިނިސްޓްރީތަކާ ވެސް ބައްދަލުކޮށްފަ އެވެ.

އެގޮތުން މިހާތަނަށް ބައްދަލުވުންތައް ބޭއްވުނު މިނިސްޓްރީތަކުގެ ތެރޭގައި ދިފާޢީ ވުޒާރާ، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ، ލޯކަލް ގަވަމަންޓް އޮތޯރިޓީ، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ އަދި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ އިތުރުން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ ހިމެނެ އެވެ.

އެ ބައްދަލުވުންތަކައި ވަނީ ދައުލަތުގެ އިންޓާނަލް އޮޑިޓު ކޮންފަރެންސް ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ.

މި އަހަރުގެ ދައުލަތުގެ އިންޓާނަލް އޮޑިޓު ކޮންފަރެންސް އޮންނާނީ އަންނަ މަހުގެ 3 އާއި 4 ގައި އިސްލާމީ މަރުކަޒުގެ ހޯލުގަ އެވެ.