Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ކުށަކަށް ލިބެން ޖެހޭ އަދަބެއް ލިބުމަކީ އަނިޔާއެއް ނޫން : ރައީސް ޔާމީން

ރައީސް އަބްދުﷲ ޔާމީން. ފޮޓޯ/ސަން

ކުށަކަށް ލިބެންޖެހޭ އަދަބު ލިބުމަކީ އަނިޔާއެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

މުލިއާގޭގައި މިހާރު ކުރިއަށްދާ ރަސްމިއްޔާތުގައި ވާހަކަ ރައީސް ވިދާޅުވީ މި ސަރުކާރުގެ ބޭނުމަކީ ގާނުނުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިންގުން ކަމަށާއި އަދި މި ސަރުކާރަކީ ކޮންމެ މީހެއްގެ މައްޗަށް ވެސް ގާނޫނުގެ ބާރު ހިންގާނެ ސަރުކާރެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ސަރުކާރުން ގާނޫނީ ބާރު ދަމަހައްޓާނެ އެވެ. އަދި ކުށްވެރިއަކަށް ލިބެން ޖެހޭ އަދަބެއްގެ ގޮތުން އެ މީހަކު ގޮޅީގައި އޮންނަން ޖެހުމަކީ އަނިޔާއެއް ކަމަށް ބަލާނެ އުސޫލެއް ނެތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ކުށަކަށް ލިބެން ޖެހޭ އަދަބެއް ލިބުމަކީ އަނިޔާއެއް ނޫން. ކުށްވެރިއަކު ގޮޅީގައި އޮތުމަކީ ވެސް އަނިޔާއެއް ނޫން. މި ސަރުކާރުން ގާނޫނު އަސާސީއާ ހިލާފަށް ގާނޫނުގެ ބޭރުން ކުރާ ކަމެއް ވެސް އެބޭފުޅުންނަކަށް ނުދެއްކެވުނު،" ރައީސް ވިދާޅުވި އެވެ.