Last Updated: July 18, 17:34
Saturday, July 18, 2026
ޚަބަރު

އީދު ދުވަހު ވެމްކޯ އިން ޚިދުމަތް ދޭ ގަޑިއަށް ބަދަލެއް

ވެމްކޯ މުވައްޒަފެއް ކުނި ގެންދިއުމުގައި / ފޮޓޯ: ވެމްކޯ

އީދު ދުވަހު ވެމްކޯއިން ޚިދުމަތް ދޭ ގަޑިއަށް ބަދަލެއް ގެނެސްފި އެވެ.

ވެމްކޯ އިން ބުނީ މިއަދާއި މާދަމާ އެ ކުންފުނިން ހިދުމަތް ދޭން ފަށާނީ މެންދުރު 14:00 އިން ފެށިގެން ކަމަށެވެ. އެގޮތުން:

– މާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަން: މެންދުރު 14:00 އިން މެންދަމު 00:00 ގެ ނިޔަލަށް
– ހުޅުމާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން: މެންދުރު 14:00 އިން މެންދަމު 00:00ގެ ނިޔަލަށް
– ވިލިމާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަން: މެންދުރު 14:00 އިން ރޭގަނޑު 22:00ގެ ނިޔަލަށް
– ތިލަފުށީ ޑިސްޕޯސަލް ސައިޓް: މެންދުރު 14:00 އިން ހަވީރު 17:00އަށް
– އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތައް: މެންދުރު 14:00 އިން ރޭގަނޑު 21:30އަށް
– ހުޅުމީދޫ ވޭސްޓް ޓްރާންސްފާ ސްޓޭޝަން: މެންދުރު 14:00 އިން ހަވީރު 16:00 އަށް
– ފުވައްމުލައް ސިޓީ ވޭސްޓް ޓްރާންސްފާ ސްޓޭޝަން: މެންދުރު 14:00 އިން ހަވީރު 16:00 އަށް

ވެމްކޯ އިން އަންނަނީ އެ ކުންފުނީގެ ހިދުމަތް މުޅި ރާއްޖެ އަށް ފުޅާކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ދާދިފަހުން ވެމްކޯގެ ހިދުމަތް ވަނީ ގދ. ތިނަދޫ ސިޓީ އާއި ހދ. ކުޅުދުއްފުށި ސިޓީގައި ވެސް ފަށާފަ އެވެ.