Last Updated: July 18, 17:34
Saturday, July 18, 2026
ޚަބަރު

އެސްޓީއޯގެ ހިއްސާއަަކަަށް 80ރ. ބަހަން ނިންމައިފި

އެސްޓީއޯ / ފޮޓޯ؛ ރާއްޖެ އެމްވީ

އެސްޓީއޯގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 80 ރުފިޔާ ބަހަން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް ކުންފުނީގެ ބޯޑުން ނިންމައިފި އެވެ.

އެސްޓީއޯ އިން މިދިޔަ އަހަރު އެ ކުންފުނީގެ ހިއްސާދަރުންނަށް ބެހީ ހިއްސާ އަކަށް 77 ރުފިޔާ އެވެ.

އެސްޓީއޯއިން ބުނީ ހިއްސާއަކަށް 80ރ. ބަހަން ބޯޑުން ނިންމި ނިންމުން މިއަހަރު ބާއްވާ އަހަރީ އާންމު ޖަލްސާ އަށް ހުށަހަޅައި، އެއާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.

މިދިޔަ އަހަރު އެސްޓީއޯ އަށް 819 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިފައި ވެ އެވެ. އެސްޓީއޯ އަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅަށް ހިންގަމުންދާ އެއް ކުންފުންޏެވެ.