Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

މާރާމާރީ ހިންގި އިތުރު 2 މީހަކު އްޔަރުކޮށްފި

މާލޭގެ ދަރުބާރުގޭ ކައިރީގައި ރޭ މާރާމާރީ ހިންގި މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރޭ 10:30 ހާއިރު ދަރުބާރުގޭ ކައިރީގައި މާރާމާރީ ހިންގި މައްސަލައިގައި ރޭ ދެ މީހަކު ހައްޔަރު ކުރުމަށް ފަހު މިހާރު އިތުރު ދެ މީހަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކުރި އެންމެންނަކީ ވެސް ދިވެހި ފިރިހެނުންނެވެ. ނަމަވެސް އެ މީހުންނާ އިތުރު އެއްވެސް ތަފުސީލެއް ހާމައެއް ނުކުރެ އެވެ.

މާރާމާރީގައި ސަބަބުން އަނިޔާވި މީހާ އަށް ސެނެހިޔާ ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ އިރު، އޭނަގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން ބުންޏެވެ.