Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ތިނަދޫގައި ވަރަށް ހާއްސަ ދެ މޮނިއުމަންޓް!

ތިނަދޫ ސިޓީގެ ބަނދަރުމަތި ވަރަށް ހާއްސަ މޮނިއުމަންޓްތަކަކުން ހިތްގައިމުކަން ގެނެސްދީފި އެވެ.

ބަނދަރު ސަރަހައްދުގައި ބެހެއްޓި ދެ މޮމިއުމަންޓް ވަނީ އިސްލާމް ދީނާ ވަރަށް ބޮޑަށް ގުޅުވައިފަ އެވެ. އެގޮތުން އެއް މޮނިއުމަންޓްގައި އިނީ "ﷲ" މި އިސްމުފުޅެވެ. އަނެއް މޮނިއުމަންޓްގައި ރަސޫލާ އަށް ނިސްބަތްކޮށް "މުހައްމަދު" އެވެ.

މި ދެ މޮނިއުމަންޓަކީ ވެސް ތިނަދޫ ސިޓީ ކައުންސިލުން ބެހެއްޓީ މޮނިއުންޓެކެވެ. ދެ މޮނިއުމަންޓް ރަސްމީކޮށް ދައްކައިލީ އަޟްހާ އީދަށް މަރުހަބާ ކިޔަން ރޭ ބޭއްވި ހަރަކާތްތަކުގެ ތެރޭގަ އެވެ.

ކައުންސިލުން ބުނީ އިސްލާމީވަންތަކަން ދައްކުވައިދޭ ދެ މޮނިއުމަންޓަކީ ވެސް 12 ފޫޓްގެ އުުސް ދޭއްޗެވެ. އަދި މިއީ ތިން މަހެއްހާ ދުވަހުގެ މަސައްކަތެވެ.