Last Updated: July 18, 17:34
Saturday, July 18, 2026
ޚަބަރު

އެމްޓީއޭގެ ނައިޓް މާކެޓް އޮގަސްޓްގައި

މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ) އިން ބާއްވާ ފުރަތަމަ ވިޔަފާރި އިވެންޓް "މިނިވަން އުފާ ނައިޓް މާކެޓް" އަންނަ އޮގަސްޓް މަހު ބާއްވަން ނިންމައި، އޭގައި ބައިވެރިވާން ވިޔަފާރިތަކަށް ހުޅުވާލައިފި އެވެ.

ހުޅުމާލޭގައި މި ނައިޓް މާކެޓް ބާއްވަން ހަމަޖެހިފައި ވަނީ އޮގަސްޓް 1-7 އަށެވެ. އެހެންވެ ބައިވެރިވާން ބޭނުންވާ ވިޔަފާރިތަކުން 9992799 ނުވަތަ 7810218 އަށް ގުޅައިގެން ސްލޮޓް ގަތުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. ސްލޮޓެއްގެ އަގަކީ 7،500ރ. އެވެ.

އެމްޓީއޭ އިން ބުނީ "މިނިވަން އުފާ ނައިޓް މާކެޓް" އަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ބާއްވާ ނައިޓް މާކެޓެއް ކަމަށެވެ. ހުޅުވާލެވިގެން މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތާ ދިމާކޮށް ބާއްވާ ނައިޓް މާކެޓެއް ކަމަށެވެ.