Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ޕީޕީއެމަކީ ވޯޓުން ނަތީޖާ ދައްކާ ޕާޓީއެއް :އަދީބް

ޕީޕީއެމަކީ ވޯޓުން ނަތީޖާ ދައްކާ ޕާާޓީއެއް ކަމަށާއި އެ ނަތީޖާ ދައްކާނީ މަގުމަތީގެ ބަދަލުގައި އިންތިހާބުތަކުގައި ވާދަކޮށްގެން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.

ދިއްގަރު ދާއިރާގެ ޕީޕީއެމް ޕްރައިމަރީ ކާމިޔާބު ކުރެއްވި ފާރިސް އަށް އެކަމުގެ ރަސްމީ ލިޔުން ހަވާލުކޮށްދެއްވުމަށް އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަދީބް ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތައް މަގުމަތީގައި ވަރުގަަދަ ކުރި ނަމަވެސް އެ ޕާޓީތައް އޮތީ ވަރަށް ބޮޑަށް ހާވިޔާ ވެފައި ކަމަށާއި އެހެން ނަމަވެސް އޭގެ ބަދަލުގައި ޕީޕީއެމުން ފެނިގެން ދަނީ ވަރުގަދަ ކަމާއި އެއްބައިވަންތަކަން ކަމަށެވެ.

"އެހެން ޕާޓީތަކުން ނުފެންނަ ޑިމޮކްރަޓިކް ހަމަތައް މި ޕާޓީން އެބަ ފެނޭ. ޕްރައިމަރީން ވެސް އެކަން ފެނިގެން ހިނގައްޖެ،" އަދީބް ވިދާޅުވި އެވެ.