Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ލާނިން ޑިސަބިލީޓީގެ 423 ދަރިވަރުން އެބަތިބި

ރާއްޖޭގެ ރަސްމީ ތަޢުލީމީ ނިޒާމުގެ ތެރޭގައި ކިޔަވާ ދަރިވަރުންގެ ތެރެއިން 423 ދަރިވަރުންނަކީ ލާނިން ޑިސަބިލިޓީ ހުންނަ ދަރިވަރުންގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް އިންކުލޫސިވް އެޑިޔުކޭޝަން (ޑީއައިއީ) އިން ބުނެފި އެވެ.

އެ ތަނުން ބުނީ މިހާތަނަށް ޑައިގްނޯސްނުކުރެވޭ ދަރިވަރުންގެ އަދަދާ އެކީ އެ އަދަދު އެއަށް ވުރެ އިތުރުވުން އެކަށީގެންވާ ކަމަށެވެ.

އިންކުލޫސިވް އެޑިޔުކޭޝަނުން ސްކޫލުތައް މެދުވެރިކޮށް އެއްކުރި މަޢުލޫމާތުގެ އަލީގައި މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ތަޢުލީމު އުނގެނުމުގައި ޚާއްޞަ އެހީތެރިކަން ބޭނުންވާ އެކި ގިންތިތަކުގެ 42،48 ދަރިވަރުން ތިބިކަން ފާހަގަ ކުރެވިފައިވާ ކަމަށް އެ އަހަރު އެ ޑިޕާޓްމަންޓުން ނެރުނު އަހަރީ ރިޕޯޓްގައި ބުނެފައިވެ އެވެ. އެއީ 3،141 ފިރިހެން ކުދިންނާއި 1،107 އަންހެން ކުދިންނެވެ.

ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އުނގަންނައި ދިނުމަށް ހިންގާ ޕްރޮގްރާމްތަކުގައި ކުދިން ބަހާފައިވާ ގޮތަށް ބަލާއިރު 2،879 ދަރިވަރުން ކިޔަވަމުން އަންނަނީ މެއިންސްޓްރީމްގަ އެވެ.

އެ ގޮތުން ހުރިހާ ކުދިން ޝާމިލުކޮށްގެން ސްކޫލުތަކުގައި ކިޔަވައި ދިނުމަކީ ސްކޫލްތަކުން ވަރަށް އިސްކަން ވެސް ދޭ ކަމެކެވެ.